ދިވެހި ރެޑް ކްރެސެންޓުން ހުޅުވާފައިވާ ފަލަސްތީނު ރިލީފް ފަންޑަށް އެމްޕީއެލް އިން 5 ލައްކަ ރުފިޔާ ހަދިޔާކުރުން

ފަލަސްތީނަށް އެހީވުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން 500،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

އެމްޕީއެލްއިން ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އެހީގެ މި ފައިސާ ހަދިޔާކޮށްފައިވަނީ ދިވެހި ރެޑް ކްރެސެންޓުން ހުޅުވާފައިވާ ފަންޑަށެވެ. އެ ފަންޑަށް މި ފައިސާ ހަވާލުކޮށްދެއްވީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީއެވެ.

ދިވެހި ރެޑް ކްރެސެންޓުން ހުޅުވާފައިވާ ފަލަސްތީނު ރިލީފް ފަންޑަށް އެއްވާ ފައިސާ އަކީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މެޑިކަލް އިމަޖެންސީ ސާމާނާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަދިޔާ ކުރެވޭ ފައިސާ އެވެ.

އިޒްރޭލް އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅަމުންދާއިރު ހާލުގައި ޖެހިފައިވާ ފަރާތްތަކަށާއި، ހޮސްޕިޓަލްތަކުގައި ތިބި ބަލި މީހުންވެސް ވަނީ އިންސާނީ އެހީހަށް އިންތިހާއަށް ބޭނުންވެފައެވެ. ފަލަސްތީނުން 8300 އަށް ވުރެ ގިނަ މީހުން އިޒްރޭލް ސިފައިންގެ ހަމަލާތަކުގައި ވަނީ ޝަހީދުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *