އިންތިހާބީ ރައީސްގެ އޮފީސް

އިންތިޤާލީ މަރުހަލާގައި ދައުލަތުގެ ފައިސާއާއި ހަރުމުދަލާއި ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގަންވާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފިއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ އެކި މަރުހަލާއަކީ އާ ސިޔާސަތުތަކަށް ރައްޔިތުން އާނބަސް ބުނެ އާ ސަރުކާރާއި ދައުލަތުގެ ކަންކަން ހަވާލުކުރުމަށް ނިންމި ނިންމުމާއި ގުޅިފައިވާ މަރުހަލާއެއް ކަމަށެވެ. އެހެންކަމުން އާ ސަރުކާރުން ރައްޔިތުންނަށްޓަކައި ތަންފީޒު ކުރުމަށް ރާވާފައިވާ ސިޔާސަތުތަކަށް ފުރުސަރު ލިބޭނެހެން ދައުލަތުގެ ހަރު މުދަލާއި ފައިސާ އާއި މާލީ މުއާމަލާތްތައް ގާނޫނީ ހަމަތަކުގެ މަތިން ރައްކާތެރިކުރުން މުހިންމު ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ދައުލަތުގެ ހަރުމުދަލާއި ފައިސާއާއި ވިޔަފާރީގެ މުޅިން އާ މުއާމަލާތްތައް މި މަރުހަލާގައި ފެށިމާއި މިފަދަ މުއާމަލާތްތަކާއި އެއްބަސްވުންތައް އަވަސް އަރުވާލައިގެން ނިންމުމަށް މަސައްކަތްކުރުމަކީ އެކަންކަމުގައި ކޮރަޕްޝަން އެކުލެވިގެންވާކަމަށް ބެލުމުގެ ޖާގަ އޮންނާނެ ކަންތައްތަކެއް."

އިންތިހާބީ ރައީސްގެ އޮފީހުން ބުނީ މިފަދަ މުއާމަލާތްތައް އަވަސް އަރުވާލައިގެން ނިންމުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ރައްޔިިތުންގެ ނިންމުމަށާއި، އިންތިޤާލީ މަރުހަލާގެ ރޫޙަށް އިހްތިރާމްކޮށް ކަމޭހިތުމަށް އިލްތިމާސް ކުރާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *