ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސް ތެރެއިން ކުރިއަށް ނުދާތީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުން ބުނެފިއެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ އިތުރުބާރު ނެތް ކަމުގެ މައްސަލަ މިއަދު ކުރިއަށް ގެންދެވިދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ކުރިން ބުނެފައިވެއެވެ. އެހެންނަމަވެސް މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ހަމަޖެހިފައިވާ، މަޖިލިހުގެ ނައިބް ރައީސް، ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ސަލާން ފޮނުއްވާފައެވެ.

މަޖިލީހުގައި މެންބަރުންނާ ވާހަކަ ދައްކަވަމުން އަމީން އާންމު ވަނީ މާދަމާގެ މަޖިލީހުގެ ޖަލްސާއަށްވެސް ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރައްވާނެކަން ހާމަކުރައްވާފައެވެ.

ނަޝީދުގެ އިތުބާރުނެތް ކަމަށް އެމްޑީޕީން ފުރަތަމަ ހުށަހަޅާފައިވަނީ ޖޫން 6 އެއްގައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ. އަދި މި މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ސެޕްޓެމްބަރު 29ގައި ކަމަށްވާއިރު، މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީ ޕީޖީ ގްރޫޕުގެ 49 މެމްބަރުންގެ ސޮޔާއެކުގައެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ މިމައްސަލައިގަ ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *