99 އިންސައްތަ ފިލްމުތަކަށް ބެލުންތެރިން ފުރުސަތެއް ނުދޭކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ބުނެފިއެވެ.

ކަންގަނާ މިހެން ބުނެފައި ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ވީޑިއޯއެއްގައެވެ.

ކަންގަނާ އޭނާގެ ސަޕޯޓަރުންނާ މުހާތަބުކުރަމުން އޭނާ ވަނީ އޭނާގެ ފިލްމް "ތޭޖަސް" މިހާރު ތިއޭޓަރުތަކުގައި އަޅުވާފައިވާކަމަށް ހާމަކޮށްފައެވެ. އަދި އެ ފިލްމް ބެލި މީހުންނަށް ކަންގަނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ކަންގަނާ ބުނީ ކޮވިޑަށް ފަހު ބޮލީވުޑްގެ ކަންކަން ހިނގަމުން އައީ މުޅިއަކުން ރަނގަޅަށް ނޫންކަމަށެވެ. އިންޓަނެޓާއި ދިމާލަށް ނަޒަރު ހިންގާލައިފިނަމަ އަބަދުވެސް ފެންނަނީ "ޖަވާން" "ޕަޓާން" ނުވަތަ "ގަދަރް2" ފަދަ ޓްރެންޑިންގް ލިސްޓުގައި ހުންނަ މަޝްހޫރު ފިލްމްތައް ބަލާ އެއާމެދު ހިޔާލުފާޅުކުރާ މަންޒަރުކަމަށެވެ.

އޭނާ ބުނީ މިޒަމާނުގައި ޓީވީއާއި މޯބައިލް ފޯނު ފަދަ ތަކެއްޗެކީ މުހިއްމު ތަކެތިކަން އޭނާ ގަބޫލްކުރާކަމަށެވެ. ނަމަވެސް މިހާރަކަށްއައިސް މީހުން ތިއޭޓަރުތަކުގައި އަޅުވާފައި ވަނީ ކޮން ފިލްމެއް ތޯ ބެލުމަށް ޝައުގު ނުހުންނަކަމަށެވެ. އަދި އިންޑިއާގެ ސަގާފަތާބެހޭ ފިލްމް ބެލުމުގެ މުހިއްމުކަން ކަންގަނާ ވަނީ ފާހަގަކޮށްފައެވެ.

ވާހަކަ ނިންމާލަމުން ކަންގަނާ ބުނީ މިފަދަ ފިލްތަކަށް މީހުން ސަމާލުކަން ދޭނެކަމަށް އޭނާ އުއްމީދު ކުރާކަމަށާއި "މޭރީ ކޮމް" ފަދަ ފިލްމްތަކާ ގަޔާވާ ބެލުންތެރިންނަށް އޭނާގެ "ތޭޖަސް" ވެސް ކަމުދާނެކަަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *