ފުރަތަމަ ގޯތި ހަވާލުކުރުން

ގެދޮރުވެރިޔާއާއި ބިންވެރިޔާ މަޝްރޫއުގެ ދެވަނަ ބުރުގައި ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމްތައް ބާތިލް ނުކުރާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިމިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިންތިހާބީ ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެއްވެސް ކަމެއްގައި ރައްޔިތުންނަށް ނިކަމެތިކަމެއް ނުދޭނެކަމަށާއި ގެދޮރުވެރިކަމަކީ އެމަނިކުފާނުގެ ސަރުކާރެއްގައި އިސްކަންދޭ އެންމެ މުހިންމު އެއް ސިޔާސަތުކަމަށެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރުން ފައްޓަވާފައިވާ ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫޢުއެއް ނުހުއްޓުވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ އެއްވެސް އެޕްލިކޭޝަނެއް އަލުން ހުށަހަޅަން ނުޖެހޭނެކަމުގެ ޔަޤީންކަން ދެއްވައި މުއިއްޒު ވިދާޅުވީ ވީހާވެސް ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މިހާރަށްވުރެ ރަނގަޅަށް އިންސާފުވެރިކަމާއެކު ކުރިއަށްގެންދަވާނެކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ހޯދައިދިނުމަކީ އެމަނިކުފާނުގެ ވެރިކަމުގެ އެންމެ މުހިންމު އެއް ސިޔާސަތުކަމަށާއި މާލޭ ސަރަހައްދުން އެކަނިވެސް 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް ނިންމަވާފައިވާކަމަށެވެ.

ގެދޮރުވެރިޔާއާއި ބިންވެރިޔާ މަޝްރޫއުގެ ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުޞަތުގައި 40،594 ފޯމު ހުށަހަޅައިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *