ޙުކުމް ކުރައްވާއިރު، ތަފާތު ކުރުމެއް ނެތި ޙުކުމް ކުރެއްވެމަށް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން އިލްތިމާސް ކުރައްވައިފިއެވެ.

އުއްތަމަ ފަނޑިޔާރު މިކަމަށް އިލްތިމާސް ކުރައްވާފައި މިވަނީ އއ. ހިމަންދޫ މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތް ރަސްމީކޮށް ހުޅުއްވާދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޢަދުލުއިންސާފު ހޯދައިދިނުމުގައި ފަނޑިޔާރުން ކުރައްވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށެވެ. އަދި ފަނޑިޔާރުން ޙުކުމް ކުރައްވަނީ އަމިއްލަ ވިސްނުންފުޅަށް ނޫންކަން ފާހަގަކުރައްވަމުން، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޙުކުމް ކުރައްވަނީ ރާއްޖޭގެ ޤާނޫނު އަސާސީއަށް ރިޢާޔަތް ކުރައްވާ އެންމެ އިންސާފުވެރި ގޮތަށް ކަމަށެވެ.

މި ދަތުރުފުޅުގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ވެސް ބައިވެރިވެވަޑައިގަންނަވާ ވިދާޅުވީ އައު ޢިމާރާތާއިއެކު، އަދުލު އިންސާފަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސް ވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށެވެ.

އއ. ހިމަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތަކީ، މިދިއަ އަހަރުގެ ޖޫން 22ގައި ރީޖަނަލް ބިލްޑަރސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

އުއްތަމަ ފަނޑިޔާރު އއ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގެ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓަރުންނާއި، މުވައްޒަފުންނާއި ވަނީ ބައްދަލަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *