ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ދެ ފިޔަވަހީގެ މުނިސިޕަލް ޚިދުމަތް މާލެ ސިޓީ ކައުންސިލާއި ހަވާލުކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވިދާޅުވީ، ހުޅުމާލޭއަކީ މާލޭގެ އެއްބައި ކަމަށާއި ނަމަވެސް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މިހާރުވެސް ދެމުން އަންނަނީ އާބަންކޯއިން ކަމަށެވެ.

އެގޮތުން ހުޅުމާލޭ މަގުތަކާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމާއި މަގުމަތި ދިއްލުމުގެ އިތުރުން އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކައުންސިލާއި ހަވާލުކުރާނެ ކަމަށާއި ހުރިހާ ވަސީލަތްތަކާ އެކީ ޙިދުމަތް ދެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ، ހުޅުމާލޭގެ ޕާކިންގެ މައްސަލަ ހައްލުކުރުމަށް، ހުޅުމާލޭގެ ދެ ފިޔަވަހީގައި އެކަށީގެންވާ ޕާކިން އިމާރާތްތަކެއް ހައްދަވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *