ހުޅުމާލެ-މާލެ ހައިވޭގައި ހަރުކުރި ސޯލާ ޕެނަލްތައް އެ ސަރަހައްދުން ނަގާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޕެނަލްތަކުގެ ސަބަބުން ބްރިޖު ސަރަހައްދުން ފެންނަ ރީތި މަންޒަރު ވެސް ގެއްލިފައިވާ ކަމަށެވެ.

އެ ސަރަހައްދުން ސޯލާ ޕެނަލްތައް ނެގުމަށްފަހު ރާއްޖޭގެ އެއް ރަށް ނުވަތަ ދެ ރަށް އެއްކޮށް އިޔާދަކުރަނިވި ހަކަތައިން ހިންގާ ގޮތަށް ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އޭރުން އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ކަމަށާއި މިހާރު އެ ޕްރޮޖެކްޓު ހިންގާ ގޮތް ނިމުމަކަށް ގެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ އެންސިސް ކޯ ލިމިޓެޑާ އެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި އެ ސޯލާ ޕެނަލްތައް ހައިވޭގަްި ހަރުކުރުމަށް ޕްލޭން ކުރީ ރައީސް ޔާމީންގެ ސަރުކާރުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *