ފަނަރަވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

އަންނަ އަހަރު ބާއްވާ އެ މުބާރާތް ރާއްޖޭގައި ބާއްވަން ނިންމިކަން ވޯލްޑް ބޮޑީބިލްޑިންގ ފެޑެރޭޝަންގެ ރައީސް ދާތުކް ޕޯލް ޗުއާ ވަނީ މީޑިއާތުގައި ވިދާޅުވެފައެވެ. މިއީ ބޮޑީބިލްޑިންގެ ބައިނަލްއަގްވާމީ ފެންވަރުގެ މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި މި މުބާރާތް އަންނަ އަހަރު ބާއްވަން ނިންމާފައިވާ ކަމަށް ރާއްޖޭގެ ބޮޑީބިލްޑިން ފެޑެރޭޝަނުންވެސް ވަނީ އިއުލާނުކޮށްފައެވެ. އެ ފެޑެރޭޝަނުން އިއްޔެ އެކަން އިއުލާނުކޮށްފައިވާއިރު ބޮޑީބިލްޑިންގ ފެޑެރޭޝަނުން ވަނީ އިއްޔެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވާ އެ މުބާރާތާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި އެ މުބާރާތް އެންމެ ފުރިހަމައަށް އިންތިޒާމުކުރުަމށް ސަރުކާރުގެ އެއްބާރުލުން ހޯއްދެވުމަށް މަޝްވަރާކޮށްފައިވެއެވެ.

ރާއްޖެއަކީ ބޮޑީބިލްޑިން އިން ބައިނަލްއަގްވާމީ މައިދާނުގައިވެސް ކާމިޔާބީތައް ހޯދާފައިވާ އެތްލީޓުން ތިބި ޤައުމެކެވެ. އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕާއި، ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ވެސް ރާއްޖޭގައި ބާއްވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *