ހަނދުކޭތަ ހިފާފައި ހުންނައިރު ހަނދު ފެންނަން ހުންނަ ގޮތް - ފޮޓޯ: ގެޓީ

މިރޭ ހަނދުކޭތަ ހިފާނެތީ ހުރިހާ ރަށެއްގައި ހަނދުކޭތަ ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން އަންގައިިފިއެވެ.

މިނިސްޓްރީން ރޭ އާންމު ކުރި ބަޔާނެއްގައި ބުނީ، މިރޭ ކޭތަ ހިފަން ފަށާނީ 23:01 ގައި ކަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމުން އަލިވެ 01:14 ކަމަށެވެ.

އެހެންކަމުން ހުރިހާ ރަށެއްގައި މިރޭ މެންދަމުން އަލިވެ 1:15 ގައި ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިނިސްޓްރީން ވަނީ، ސިޓީ ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް އަންގައިފައެވެ.

މިރޭ ހިފާ ހަނދުކޭތަ ވީއްލާނީ މެންދަމުން އަލިވެ 03:26 ގައި ކަމަށް ވެސް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި މީގެ އިތުރުން ކޭތަ ނަމާދުގެ ހުތުބާ މިއަދު ހެނދުނުން ފަށައިގެން މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *