އިޒްރޭލުން ޣައްޒާއަށް ހަމަލާދެނީ

ޣައްޒާގެ އުތުރުން ބިމު އަޑީގެ 150 އަމާޒަކަށް ރޭ ހަމަލާދީފއިވާނެ ކަމަށް އިޒްރޭލުން ބުނެފިއެވެ.

އިޒްރޭލް އަސްކަރިއްޔާއިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ "އަންޑަރ ގްރައުންޑް ޓާގެޓް" ތަކުގެ ތެރެއިން ޣައްޒާގެ އުތުރުގައިވާ "ޓެރާ ޓަނަލްސް" ތަކަށްވެސް ހަމަލާދީފައިވާނެ ކަމަށެވެ.

ހަމާޒްގެ ހަނގުރާމަވެރިން ބޭނުން ކުރާ ބިމު އަޑީގެ ޓަނަލުތަކަށްވެސް ހަމަލާދިން ކަމަށް އިޒްރޭލް ސިފައިން ބުނެފައިވާއިރު ހަމާސްއިން ބުނެފައިވަނީ ރޭ ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލު ސިފައިންނާއި ކުރިމަތިލާފައިވާނެ ކަމަށެވެ.

އިޒްރޭލް ސިފައިން ބުނީ ބިމު އަޑިން ދިން ހަމަލާތަކުގައި ހަމާސްގެ ހަނގުރާމަވެރިންތަކެއްވެސް މަރާލާފައިވާ ކަމަށެވެ. އިޒްރޭލް އަސްކަރިއްޔާއިން ނެރެފައިވާ އެހެން ބަޔާނެއްގައި ބުނެފައިވަނީ ހަމާޒްގެ ވައިގެ ހަމަލާތަކުގެ ޗީފް، އާސިމް އަބޫ ރަކަބާ މަރާލާފައިވާ ކަމަށެވެ. އޭނާ އަކީ އޮކްޓޫބަރު 7 ގައި އިޒްރޭލަށް ދިން ހަމަލާގެ މޭސްތިރި ކަމަށް އިޒްރޭލުން ބުނެއެވެ.

އިޒްރޭލުން ބުނާ ގޮތުގައި ހަމާސްގެ އިސް ލީޑަރެއް ކަމަށްވާ އަބީ ރަކަބާ އަކީ އިޒްރޭލްގެ ބޯޑަރު ހުރަސްކޮށް ހަމާސްއިން އުދުއްސާލި ރޮކެޓްތަކާއި ހަމާސްއިން ދިން ވައިގެ ހަމަލާތައް ދިނުމަށް އިރުޝާދުދިން މީހާއެވެ.

އިޒްރޭލުން ބުނީ ހަމާސްއިން ދިން ހަމަލާތަކުގައި އިޒްރޭލުގެ 1،400 މީހުން މަރާލާފައިވާ ކަމަށެވެ. ފަލަސްތީނުގެ ހަމާސްއިން ހިންގާ ޣައްޒާގެ ހެލްތް މިިނިސްޓްރީން ބުނީ ޣައްޒާ އިން 7،300 އަށްވުރެ ގިނަ މީހުން އިޒްރޭލްގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *