މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އާއި ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ގުޅިގެން ޕްރިޒަން އޮފިސަރުންނަށް "ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދި ނެލްސަން މަންޑޭލާ ރޫލްސް)" އާއި ބެންކޮކް ރޫލްސް އާ ގުޅޭގޮތުން ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ ފަންޑިންގ މެދުވެރިކޮށެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމް ހިންގާފައިވަނީ އައްސޭރި ޖަލު، ހުޅުމާލޭ ޖަލު އަދި މާފުށީ ޖަލުގައެވެ. މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަކޮށް 69 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގެ އަމާޒަކީ "ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނާސް (ދި ނެލްސަން މަންޑޭލާ ރޫލްސް)" ނުވަތަ ޖަލުތަކުގައި ބޭނުންކުރާ ބައިނަލްއަޤްވާމީ މިންގަނޑުތަކަށާއި ބެންކޮކް ރޫލްސްއަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މަސައްކަތްކުރާ ހުރިހާ ޕްރިޒަން އޮފިސަރުން އަޙުލުވެރިކުރުވައި، ޖަލު އޮފިސަރުން ތަރައްޤީކުރުމެވެ.

މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ޔޫއެންއޯޑީސީގެ ޕްރިޒަން އެކްސްޕަޓް އެލިއުޑް އޮޕިލޯއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *