ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރަނީ

ޣައްޒާގެ ރައްޔިތުންނަށްޓަކައި އެ ރައްޔިތުންނަށް ސަޕޯޓް ކުރުމުގެ ގޮތުން ހުޅަނގު އައްސޭރީގެ ބޮޑެތި މަގުތަކުގައި އެތަށް ހާސްބަޔަކު ބޮޑު ޖަމާއަތުގައި ފަތިސް ނަމާދުކޮށްފިއެވެ.

މިއަދު ފަތިސް ނަމާދު ބޮޑަތި ޖަމާއަތްތައް ހަދައިގެން ކޮށްފައިވަނީ ޣައްޒާގެ މުވާސަލަތީ ހިދުމަތްތައް މެދުކަނޑާލުމަށްފަހު ރޭ އިޒްރޭލް ސިފައިން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާތީއެވެ.

ފަތިސް ނަމާދަށްފަހު ފަލަސްތީނުގެ ރައްޔިތުން ވަނީ ޣައްޒާގެ ރައްޔިތުންގެ ހައްޤުގައި އަޑު އުފުލާފައެވެ. ޣައްޒާއިން މުވާސަލަތީ ހިދުމަތްތައް އެއްކޮށް ކަނޑާލާފައިވާއިރު ބައިނަލް އަޤޤްވާމީ މީޑިއާތަކުން ބުނީ ޣައްޒާގެ ހަބަރުތައް ލިބެނީ ވަރަށް މަދުން ކަމަށެވެ.

ޣައްޒާގައި ފޯނުގެ ހިދުމަތާއި އިންޓަނެޓްގެ ހިދުމަތްވެސް ނުލިބޭ ކަމަށް ހަބަރުތައް ބުނެއެވެ. ޣައްޒާގެ ރައްޔިތުންގެ ތިބީ އަނދިރިކަމެއްގެ ތެރޭގައެވެ. ގާތްތިމާގެ މީހުންނާއި އާއިލާ މީހުންގެ ހާލުވެސް ބެލޭނެ ގޮތެއްނެތި އެވެ. އަދި ޣައްޒާގައި ހިނގަމުންދާ ކަންކަންވެސް އެ ރައްޔިތުންނަށް ބަލާލެވޭކަށް ނެތެވެ. އިންޓަނެޓާއި ފޯނުގެ ހިދުމަތް ކަނޑާލުމަށްފަހު އިޒްރޭލުން ވަނީ ރޭވެސް ވަރުގަދައަށް ވައިގެ ހަމަލާތައްދީފައެވެ. އަދި އިޒްރޭލުން ވަނީ އެއްގަމު މަގުން ހަމަލާދިނުމަށް ތައްޔާރުވަމުންދާކަންވެސް އިއުލާނުކޮށްފައެވެ.

ރެއަކީ ޣައްޒާއަށް އެންމެ ވަރުގަދައަށް ބޮން އެޅި ރޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ހަމަލާތަކުގައި ޒަހަމުވި މީހުންނަށް އެމްބިއުލާންސަށް ގުޅޭނެ ގޮތެއްވެސްނެތި ބޮޑު ތަކްލީފަކާއި ކުރިމަތިލާން ޖެހުނު އިރު އިޒްރޭލް ސިފައިން ދަނީ ޣައްޒާއިން ފަލަސްތީނުގެ ރައްޔިތިން "ދޮވެލުމުގެ" ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންދަމުންނެވެ.

7 އޮކްޓޫބަރު 2007 ގައި ހަމާސް އާއި އިޒްރޭލް ސިފައިން ފެށި ކުރިމަތިލުންތަކުގައި މިހާތަނަށް ފަލަސްތީނުގެ 7،326 މީހުން ޝަހީދުވެފައިވެއެވެ. އަދި 1،400 އިޒްރޭލް މީހުން މަރުވެފައިވެއެވެ.

ޣައްޒާގެ 2.3 މިލިއަން މީހުނަށް ކާނާއާއި، ބޯފެނާއި، ބޭސް ނުލިބުމުގެ ދަތިކަން ބޮޑުވެފައިވާއިރު ޣައްޒާގެ ވަށައިގެން ނުވަދެވޭހެން އިޒްރޭލުން ސިފައިން ވަނީ ބަންދުކޮށްފައެވެ. ބައިނަލް އަގްވާމީ ފަރާތްތަލކުން އިޒްރޭލާއި މިސްރާއި ހަމާސް އާއި އެކު ކުރި އެކި މަޝްވަރާތަކަށްފަހު މަދު އަދަދެއްގެ އެހީގެ ތަކެތި ޣައްޒާއަށް ރަފާ ބޯޑަރު ހުރަސްކޮށް ވެއްދުމުގެ ފުރުސަތު ލިބުނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *