ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް

މާލެ އަތޮޅުގައި އޮންނަ ރިޓްޒްކާލްޓަން ފަރި އައިލެންޑް ރިސޯޓް ކައިިރީގައި އޮތް ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ސިފައިން ހަރަކާތްތެރިވަމުން އެބަދެއެވެ.

މި ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 07:37 ގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އަދި ރިޕޯޓްކޮށްފައިވަނީ ހުރިހާ ފަތުރުވެރިން އުޅަނދުން ބޭލުމަށްފަހު ކަމަށާއި، ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ސިފައިނ ދިޔައިރު އެ ޔޮޓްގައި ތިބީ ހަމައެކަނި ހަތަރު ފަޅުވެރިން ކަމަށް އެންއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ޔޮޓުގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ހާމަކޮށްފައިވާ ފޮޓޯއިން ޔޮޓުން ވަރަށް ބޮޑަށް ކަޅު ދުން އަރަމުންދާ މަންޒަރު ފެނެއެވެ.

މިހާދިސާގައި ޔޮޓް ވަރަށް ބޮޑަށް އަނދާފައިވާއިރު އެއްވެސް މީހަކަށް ގެއްލުމެއް ވީ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *