މާލޭގައި ދިރިއުޅޭ ބިދޭސީންތަކެއް - ފައިލް ފޮޓޯ

މީހަކު ރަހީނުކުރުމުގެ ތުހުމަތުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް މި މައްސަލައާއި ގުޅުންހުރި އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއްނުވެއެވެ.

އެ ބިދޭސީ މީހާ ހައްޔަރުކުރުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ އެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ. އެ ބަންދު އަމުރުގައި ހުށަހަޅާފައިވާ ބަޔާންތަކާއި އަނިޔާ ލިބުނު މީހާގެ ބަހުންނާއި ހާދިސާ ހިނގި ސަރަހައްދުން ނަގާފައިވާ ފޮޓޯތަކުން އޭނާ މީހަކު ރަހީނުކޮށް، އިންޒާރުދީ އަނިޔާވެރި އަމަލުތަކެއް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކަމަށް ވެއެވެ.

މީގެ އިތުރުން އެ އަމުރުގައި ހާމަކޮށްފައިވަނީ އިތުރު ބަޔަކާ އެކު އޭނާ ބައިވެރިވެ އަނިޔާވެރި އަމަލުތަކެއް ކަމަށް ބެލެވޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށާއި އޭނާ އަކީ ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ މީހެއް ކަމަށް ވާތީ ފިލައިގެން ދިއުމުގެ އިހުތިމާލުވެސް އޮތްކަމަށެވެ.

ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު އަމިއްލައަށް ސަލާމަތްވި މައްސަލައެއް މީގެ ކުރިން ސަމާލުކަަމަށް އައިސްފައިވީނަމަވެސް މިއަދު ބަންދުގެ މުއްދަތު ޖެހި މީހާއަކީ މި މައްސަލައިގައި ހިމެނޭ މީހެއް ނުވަތަ ނޫން ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *