ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސަޢީދު

ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ކިބައިން ފެނިގެންދިޔައީ ސުލްހަވެރި އަޚުލާޤީ ސިޔާސަތެެއް ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ އެޑްވައިޒަރ ޑރ. ޝަހީމް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ހުރަސް އަޅުއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެެވެ. އަދި ވެރިކަން ބަދަލުކުރުމުގެ އިންތިގާލީ މަރުހަލާގައި ވެސް ރައީސް ސާލިޙުގެ ކިބައިން ފެންނަމުންދަނީ ސުލްހަވެރި އަޚުލާޤީ ސިޔާސަތެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ އައު ރައީސަކު ހުވާ ކުރުމަކީ ސިޔާސީ ކަމެއް ނޫންކަމަށާއި އެއީ އެއަށްވުރެ ބޮޑަށް ވަތަނީ އަދި ގައުމީ ރަސްމިއްޔާތެއްކަމަށާއި ވެރިކަން އެއްބޭފުޅެއްގެ އަތްޕުޅުން އަނެއް ބޭފުޅެެއްގެ އަތްޕުޅަށް އިންތިގާލުވުމަކީ ގައުމީ ބޮޑު ހަފްލާއެއްކަމަށެވެ.

މީގެއިތުރުން ޝަހީމް ވިދާޅުވީ އެ ހަރަކާތަށް ސިޔާސީ ދެބަސްވުންތަކުގެ ހިޔަނި އެއްވެސް ވަރަކަށް އެޅިގެން ނުވާނެކަމަށާއި އަދި އެ ހަފްލާއަށް ގޯސް ހިޔަންޏެއް އެޅުން ވެގެންދާނީ މުޅި ގައުމުގެ ހައިބަތަށްވެސް ލިބިގެންދާ ބޮޑު ދެރައަކަށްކަމަށެވެ. އެހެންކަމުން އެފަދަ ކަމެއް ދިމާވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ދެބަސްވުންތައް ހައްލުކުރުމަށް ވެސް ޝަހީމް ވަނީ ގޮވާލައްވާފައެވެ.

ސަރުކާރު ހިންގާ އެމްޑީޕީން ވަނީ އެޕާޓީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމަށް ހުށައަޅާފައިވާ މައްސަލަ ނުނިންމައި އިންތިހާބީ ރައީސް ހުވާ ކުރެއްވި ނަމަވެސް އެކަން ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ.ގާނޫނު އަސާސީ ބުނާގޮތުން އިންތިޚާބީ ރައީސް ހުވާކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *