އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސާވޭޔަރުން ތަމްރީނުކުރުމުގެ ގޮތުން ޕްރޮގްރާމެއް ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބޭއްވި މި ޕްރޮގްރާމަކީ އުޅަނދުފަހަރުތަކާ ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި، ދަތުރުފަތުރުގެ ދާއިރާއާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކަށް ހޭލުންތެރިކުރުވައި، ރައްކާތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއްކަމަށް އެ ފަރާތުން ބުނެއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 22 އިން 26 އަށެވެ. އަދި މި ޕްރޮގްރާމުގައި 35 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރު މި ޕްރޮގްރާމުގެ ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ މި ޕްރޮގްރާމުގެ އެންމެ ފަސޭހަ މަރުހަލާއަކީ އެޕްލައިކޮށް ބައިވެރިވެ، ސެޓްފިކެޓް ހޯދުންކަމަށްވީނަމަވެސް އޭގެ ފަހުން އަންނަ ޒިންމާ ބޮޑުކަމަށެވެ. އޭނާ ވަނީ އުޅަނދާއި އެ އުޅަނދުން ދަތުރުކުރާ މީހުންނާއި، އޭގެން އުފުލާ މުދާ ރައްކާތެރިކުރުމުގައި ސަރވޭޔަރުންގެ ދައުރު މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙް ވިދާޅުވީ، ސަރވޭޔަރުންގެ ވަޒީފާއަކީ ހަމައެކަނި ވަޒީފާއަކަށްވުރެ ބޮޑަށް މީހުންގެ ފުރާނައާއި މުދަލާއި އުޅަނދުފަހަރުގެ ރައްކާތެރިކަމާއި ގުޅިފައިވާކަމެއްކަމަށާއި އެއީ އެތައް ބައެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ފަހުބަސްބުނާވެސް ފަރާތްކަމަށެވެ.

މެރިން ޕޮލިސްއާއި، ކޯސްޓްގާޑާއި، މުއާސަލާތާގުޅުންހުރި ސެޝަންތައް މި ޕްރޮގްރާމުގެ ތެރެއިން ކުރިައަށްގެންދިޔައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *