ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން، ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ މައްސަލަ ކުރިއަށް ނުގެންދަން މަސައްކަތް ކުރި ނަމަވެސް ރައީސް ނަޝީދު މަގާމުން ދުރު ކުރާނެ ކަމަށް މަޖިލިހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ނިޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދު މަގާމުން ވަކި ކުރަން އުޅެގެން ވެސް އެމްޑީޕީ ބަލިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ނިޔާޒް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ޖަލްސާގެ ރިޔާސަތަށް ނޭރުން ނުވަތަ ޖަލްސާގެ ނިޒާމު ގެއްލުވާލުން އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެ ދެކަމަށް ވެސް އެމްޑީޕީއަށް ހައްލު އެބަ އޮތް ކަމަށާއި އެކަމުގައި ފަހަތަށް ޖެހުމެއް ނެތް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފައި ވާއިރު ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ އެ ޖަލްސާ ބޭއްވޭނެ ކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *