ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ލަންކާގެ މަސްބޯޓެއް --- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދަށް ހުއްދަނެތި ވަދެ، ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަކަމުގެ ތުހުމަތުގައި ހިފެހެއްޓި ސްރީލަންކާގެ 5 މަސްބޯޓު ޖޫރިމަނާ ދެއްކުމުން އެނބުރި ސްރީލަންކާއަށް ފޮނުވާލައިފިއެވެ.

މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ ރާއްޖޭގެ ސަރަޙައްދުން ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް 18 ސެޕްޓެންބަރު 2023 ގައި ކޯސްޓް ގާޑުންނެވެ.

މަސްބޯޓުތައް އަނބުރާ ފޮނުވާލާފައި ވަނީ، މަސްބޯޓުތަކުގެ މައްސަލަބަލައި، އެއުޅަނދުތަކަށް ކުރެވުނު ޖޫރިމަނާ ދެއްކުމުންނެވެ. އެގޮތުން މީގެ ކޮންމެ އުޅަނދެއް ވަނީ އެއް ލައްކަ ދިވެހި ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީ އިން ބުނީ މަސްވެރިކަމުގެ އައު ޤާނޫނު 2019 ގައި ފާސްކުރެވުމަށްފަހު، ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދަށްވަދެ ޤާނޫނާ ޚިލާފަށް މަސްވެރިކަންކޮށްފައިވާ ބޭރުގެ 20 މަސްބޯޓެއްގެ މައްސަލަބަލައި، އެނިސްޓްރީއިންވަނީ އެ އުޅަނދުތައް ޖޫރިމަނާ ކޮށްފައި ކަމަށެވެ.

މީގެ އިތުރުން މިފަދަ މައްސަލަތަށް ބެލުމުގައި، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް، ދިވެހި ފުލުހުންގެ ޙިދުމަތް، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދެއްވާ އެއްބާރުލުން ފާހަގަކޮށް ފިޝަރީޒް މިނިސްޓްރީން ވަނީ ޝުކުރު ދަންނަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *