މަންދު ކޮލެޖުގެ ނޮވެމްބަރ / ޑިސެމްބަރ އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮލެޖުން ހުޅުވާލައިފިއެވެ.

މަންދު ކޮލެޖުން ބުނިގޮތުގައި މި އިންޓޭކްގައި ޖުމްލަ 43 ކޯހެއް އެ ކޮލެޖުން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ.

މަންދު ކޮލެޖަކީ ވާޗުއަލްކޮށް ހުރިހާ ކޯސްތަކެއް ކުރިއަށްގެންދާ ކޮލެޖެއްކަން ފާހަގަކޮށް، އެ ކޮލެޖުން ބުނީ ނޮވެމްބަރ / ޑިސެމްބަރ އިންޓޭކްގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ހުރިހާ ކޯސްތަކަކީވެސް މޯލްޑިވްސް ކޮލިފިކޭޝަންސް އެތޯރިޓީ (އެމްކިޔުއޭ) އިން އެޕްރޫވް ކޮށްފައިވާ ކޯސްތަކެއްކަމަށެވެ. އަދި މަންދު ކޮލެޖުގައި ކިޔަވަން ބޭނުންވާ ދަރިވަރުން މާލެ އަށް ދިރިއުޅުން ބަދަލުކޮށް، ކްލާސްތަކަށް ހާޒިރުވާން ނުޖެހެނޭކަމަށާއި، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ދަރިވަރަކަށްވެސް މަންދު ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވެ، މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް މަންދު ކޮލެޖުން ބުންޏެވެ.

އެ ކޮލެޖުން މި އިންޓޭކްގައި ކުރިއަށްގެންދާ ކޯސްތަކުގެ ތެރޭގައި އެންމެ ގިނައީ ޓީޗިންގ ދާއިރާގެ ކޯސްތަކެވެ. އޭގެއިތުރުން ބިޒްނަސް އަދި އެކައުންޓިންގ ދާއިރާގެ ކޯސްތަކުގެ އިތުރުން، އިންފޮމޭޝަން ޓެކްނޮލަޖީގެ ކޯސްތަކާއި، ޤާނޫނީ ދާއިރާގެ ކޯސްތައް ހިމެނެއެވެ.

ޓީޗިންގ ދާއިރާގެ ކޯސްތަކުގެ  ތެރޭގައި ހިމެނެނީ ސެޓްފިކެޓް ލެވަލްގެ ޓީޗިންގ ކޯސްތަކާއި، ޑިޕްލޮމާ އިން ޓީޗިންގ، އެސޯސިއޭޓް ޑްގްރީ އިން ޓީޗިންގ އަދި ބެޗެލާސް އިން ޓީޗިންގގެ ކޯސްތަކެވެ. އަދި އެސޯސިއޭޓް ޑްގްރީ އިން ސްޕެޝަލް ނީޑްސް އެޑިއުކޭޝަން، މާސްޓާސް އިން ސްޕެޝަލް އެޑިއުކޭޝަން ނީޑްސް، ބެޗެލާސް އޮފް ސެކެންޑަރީ އެޑިއުކޭޝަންގެ ކޯސްތައް ހިމެނެއެވެ.

އޭގެއިތުރުން މަންދު ކޮލެޖުން މި އިންޓޭކުގައި ކުރިއަށްގެންދާ ކޯސްތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމެންޓްގެ ސެޓްފިކެޓް ލެވަލްގެ ކޯސްތަކުން ފެށިގެން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ކޯސްތަކާއި، ބެޗެލާސް އިން ބިޒްނަސް އެކައުންޓިންގ، ބެޗެލާސް އިން ބިޒްނަސް ހިއުމަން ރިސޯސް މެނޭޖްމެންޓް، ބެޗެލާސް އިން ބިޒްނަސް މާކެޓިންގ، ބެޗެލާސް އިން ބިޒްނަސް މެނޭޖްމެންޓްގެ ކޯސްތަކަށްވެސް ހިމެނެއެވެ.

މަންދު ކޮލެޖުން ބުނިގޮތުގައި ނޮވެމްބަރ / ޑިސެމްބަރ އިންޓޭކްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ކޮލެޖްގެ ވެބްސައިޓް މެދުވެރިކޮށް، ކޯހަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނެއެވެ. އޭގެއިތުރުން މަންދު ކޮލެޖްގެ ނަމްބަރ 9750055 އަށް ވައިބަރ މެދުވެރިކޮށްވެސް ހުށަހެޅޭނެކަމަށްވެސް އެ ކޮލެޖުން ބުންޏެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *