އިޒްރޭލުން ޢައްޒާގެ ބިމަށް އަރައިގަނެ ހަމަލާދޭން ފަށަން ތައްޔާރުވަމުންދާކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އިޒްރޭލު މީހުންނާއި މުހާތަބުކުރައްވާ ނަތަންޔާހޫ ވިދާޅުވީ އޭނާގެ ސަރުކާރުން މިހާރު ރާވަފައިވާނީ ޢައްޒާއަށް އަރައިގަނެ ހަނގުރާމަކޮށް ހަމާސް ބަލިކޮށްލުމަށްކަމަށެވެ . އަދި ހަމާސް ބަލިކޮށްލުމަށް ބިމުގަޔާއި ބިމުއަޑީގައިވެސް ހަރަކާތްތެރިވެ ހަނގުރާމަކުރާނަންކަމަށް ނަތަންޔާހޫ ވަނީ ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ބިމުއަޑިން ހަމަލާދޭން ފަށާނީ ކޮންއިރަކު ކަމެއް ވިދާޅެއްނުވެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ހަނގުރާމައިގެ ގެއްލުންތަކަށް އަލިއަޅުވާލައި މުސްތަގުބަލުގައި އިސްރާއީލާއި ފަލަސްތީނަށް ދެ ދައުލަތުގެ ހައްލެއް ހިމަނަން ޖެހޭކަމަށް ވިދާޅުވެފައެވެ. ބައިޑަން މިހެން ވިދާޅުވެފައި މިވަނީ އޮސްޓްރޭލިއާގެ ބޮޑުވަޱީރު އެންޓޮނީ އަލަބަނީސް އާއި ބައްދަލުކުރެއްވުމަށްފަހު، ވޮޝިންގޓަން ގައި ބޭއްވި ޕްރެސް ކޮންފެރެންސްއެއްގައެވެ.

އޮކްޓޫބަރު 7 އެއްގައި ހަމާސް އިން އިޒްރޭލަށް ހަމަލާދިނުމާއި އެކު އިޒްރޭލުން ވަނީ ހަނގުރާމަ އިއުލާންކޮށްފައެވެ. އަދި މިހާތަނަށް އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 6،500 އަށް އަރާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *