ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނުނިންމާ ރައީސް ނަޝިދު ހުންނަވައިގެން އާ ސަރުކާރު ހުވާކުރައްވައިފިނަމަ އެކަން ބަލައިނުގަންނާނެ ކަމަށް އިއްޔެ އެމްޑީޕީން ބުނުމާއި ގުޅިގެން ޑިމޮކްރެޓްސްއިން ފާޑުކިޔައިފިއެވެ.

ދަ ޑިމޮކްރެޓްސްއިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމްޑީޕީން އުޅެނީ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ބާއްވާ ޖަލްސާއަށް ހުރަސް އަޅަން ކަމަށެވެ.

އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުން ލައްވާ ކުރައްވަން އުޅުއްވަނީ ހުތުރު އަމަލެއް ކަމަށާއި، އެކަން ކުށަވެރިކުރާކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެއެވެ. އެޕާޓީން ބުނީ ރައްޔިތުންގެ ނިންމުމަށާއި ޤާނޫނު އަސާސީގެ ހުރުމަތަށާއި ޑިމޮކްރަސީގެ އަސާސްތަކަށާއި، މަކާރިމުލް އަހްލާތުގެ ހަމަތަކަށް ރުޖޫއަވުމަށް އެމްޑީޕީއަށް އިލްތިމާސް ކުރާ ކަމަށެވެ.

އެމްޑީޕީ އިން ވަނީ ރައީސް ނަޝީދުގެ އިތުބާރުނެތްކަމަށް ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރެފައެވެ. އަންނަ އާދިއްތަ ދުވަހު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރާނެ ކަމަށް ބެލެވެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ދެވަނަ ފަހަރަށް މަޖިލީހަށް ހުށހަަޅާފައިވަނީ އެމަނިކުފާނު މަޖިލީޙުގެ ގަވާއިދާއި ހިލާފަށް ކަންކަން ކުރައްވާ ކަމަށް ތުހުމަތު ކުރައްވައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *