މަސްޖިދުލް އަގްސޯއަށް ގަދަކަމުން އިސްރާއީލް ރައްޔިތުންާއި ސިފައިން ވަދެގަންނަމަންޒަަރު

ތިންވަނަ އަށް މުސްލިމުންގެ އެންމެ މުޤައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލް އަޤްޞާ މުސްލިމުންނަށް ނުވަދެވޭހެން އަނެއްކާވެސް ބަންދުކޮށްފިއެވެ.

އިސްލާމިކް ވަގުފް ޑިޕާޓްމަންޓާ ހަވާލާދީ ފަލަސްތީނުގެ ވަފާ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ޔަހޫދީން މިސްކިތް ބަންދުކޮށްފައި ވަނީ ކުއްލިއަކަށެވެ. އަދި މިހާރު ވަނީ އެއްވެސް މުސްލިމަކަށް މިސްކިތަށް ނުވަދެވޭ ގޮތަށް މިސްކިތުގެ ގޭޓު ވަނީ ބަންދުކޮށްފައެވެ.

މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން މިސްކިތް ވަނީ ބަންދުކޮށްފައެވެ. އަދި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ވަނުމުގެ ހުއްދަދީފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ފަހުން ވަނީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް މިސްކިތަށް ވަނުން މަނާކޮށްފައެވެ. މި ގޮތަށް މިސްކިތް ބަންދުކޮށް މުސްލިމުންނަށް އެތެރެއަށް ނުވަދެވޭ ގޮތް އިސްރާއީލުން ހަދާފައި މިވަނީ ދުވަސްގަނޑަކަށްފަހުއެވެ.

ޔަހޫދީންގެ ގާނޫނުގައިވާ ގޮތުން އަޤްޞާ މިސްކިތުގެ އެއްވެސް ތަނަކަށް ޔަހޫދީން ވަނުމަކީ މަނާކަމެކެވެ. ފަލަސްތީނުގެ ގިނަ ރައްޔިތުން ނަމާދުކޮށް، ހާއްސަކޮށް ހުކުރު ނަމާދަށް އެ މިސްކިތަށް ދާ މީހުންނަށް ޔަހޫދީ ސިފައިން ވަނީ މީގެކުރިންވެސް އެކި ކަހަލަ ހަމަލާތައް ދީފައެވެ.

އަދި މީގެ އިތުރުން އަޤްޞާ މިސްކިތަށް ނަމާދަށްއެރި ބައެއް މުސްލިމުން ޔަހޫދީން ވަނީ ހައްޔަރުކޮށްފައެވެ. އިސްރާއީލްގެ ޔަހޫދީން ގަބޫލު ކުރާ ގޮތުގައި މަސްޖިދުލް އަޤްޞާއަކީ އެމީހުންގެ ބިމެކެވެ.

އަލް އަޤްޞާގެ މުޤައްދަސް ބިމުގައި ޔަހޫދީން ހިންގާ އަނިޔާވެރިކަން ކުށްވެރިކޮށް، މިސްރާއި ޔަމަން، އުރުދުން، އަދި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ޤައުމުތައް ހިމެނޭ ގޮތަށް މެދުއިރުމަތީގެ ޤައުމުތަކުން އާންމުކޮށް ބަޔާން ނެރެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *