ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހިތަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމަށް ކަނޑައަޅާފައިވާ ބިން އައްޑޫސިޓީ ކައުންސިލުން ކޮންޓްރެކްޓަރާއި ހަވާލުކޮށްފިއެވެ.

މިމަޝްރޫޢުއަށް ބޭނުންވާ ބިން ދޫކޮށްފައިވަނީ ހިތަދޫގައި މިހާރު ހިންގާ ސިޓީ ބާޒާރުގެ ފުރަގަހުން އޮތް ބިމުންނެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާރ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑާއެވެ.

ބީވާރ ބިލްޑާރސް ޕްރައިވެޓް ލިމިޓޭޑް އާއިއެކު މިއަދު ބޭއްވި ބައްދަލުވުމުގައި، މި މަޝްރޫޢު އެ ކުންފުންޏާއި ހަވާލުކޮށްދެއްވީ އައްޑޫސިޓީ މޭޔަރު އަލީ ނިޒާރުއެވެ.

މި މަޝްރޫޢުއަކީ ދައުލަތުން 214،852،500.00 ރުފިޔާ ހަރަދުކޮށްގެން ހިންގޭ ސަރުކާރުގެ ޕީ.އެސް.އައި.ޕީ މަޝްރޫޢުއެކެވެ. މިމަޝްރޫޢު ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި، ނިންމާ ގޮތަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *