ހދ. މަކުނުދޫގައި ގޭސްފުޅިއެއް ގޮވައިގެން ހިނގި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު އާއިލާއަށް ހަވާލުކުރުމަށް އިންޑިއާއަށް ފޮނުވައިފިއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި މަސައްކަތްކުރަމުން ދިޔަ ނިސްބަތްވާ ދެ ފިރިހެނުންނެވެ. އެ ދެމީހުންގެ ހަށިގަނޑަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

ފުލުހުން ބުނީ މިދެމީހުންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް އިއްޔެ އިންޑިއާއަށް ފޮނުވާލާފައިވާކަމަށެވެ. ދެމީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލާފައިވަނީ ތަހުގީގުގެ ތެރެއިން ބަލަން ޖެހޭ ކަންކަން ބެލުމަށް މާލެ ގެނައުމަށް ފަހުއެވެ.

މި ހާދިސާ ތަހުގީގު ކުރުމަށް ކުޅުދުއްފުށިން ފޮރެންސިކް ޓީމަކާއި ތަހުގީގު ޓީމެއް އެ ރަށުގައި ހަރަކާތްތެރިވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *