ރައީސް އިބްރާހީމް މުހައްމަދު ސޯލިހް

ފަލަސްޠީނުގެ ރައްޔިތުންނަށް 2 މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި، ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބިކަން ވެސް ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޙަމަލާތައް ވަގުތުން ހުއްޓުވުމަށް މަޖުބޫރުކުރުވައި ޣައްޒާ އަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކީބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުގެ ކޮރިޑޯއެއް ހުޅުވުން ކަސަވަރުކުރުމަށް ބާރުއެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމައުޢަށް ދިވެހި ސަރުކާރުން ކުރިން ގޮވާލި ގޮވާލުން ވަނީ ތަކުރާރުކޮށްފައެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ވައިގެ މަގުން ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ 5،000 ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.

ޣައްޒާގެ ދިފާއުގައި ހަމާސް އިން އިޒްރޭލަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ވަނީ އިޒްރޭލުގެ 1،500 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. އަދި އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން މިވަގުތު ތިބީ ހަމާސްގެ ބެލުމުގެ ދަށުގައެވެ.

އަދި އިޒްރޭލުންވެސް ވަނީ ފަލަސްތީނުގެ ގެތަކަށް ވަދެ ބައެއް މީހުން ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *