ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް ހުޅުވާލުމުން އެއް ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވުމާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން ހުންނެވީ ފަނޑިޔާރު ހުސައިން ޝަހީދުއެވެ.

އިސް ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ހާތިފް ހިލްމީ ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ދެވަނަ ފުރުސަތުގައި އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެކެވެ. އެއީ ފަނޑިޔާރު ޝަހީދު އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *