ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އިން ހުޅުމާލޭގައި ހަދާފައިވާ ފްލެޓް އިމާރާތުގެ ކޮމާޝަލް ޔުނިޓްތައް ދޫކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

އޭސީސީގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕޮލްކޯ ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ދިނުމާ ގުޅޭ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގުކުރަމުން ގެންދާތީ، އެ ޔުނިޓުތައް ކުއްޔަށް ދިނުން މަޑުޖައްސާލުމަށް ވަނީ އަންގާފައެވެ. މިކަމާ ބެހޭ ގޮތުން އިތުރު ތަފްސީލެެއް އޮފިޝަލު ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންގެ ފްލެޓްތަކުގެ މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައިކަމަށްވާއިރު އެ މަސައްކަތް ފުރަތަމަ ކޮށްފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ނޫމަޑިއާއި އެކު ވެފައިވާ އެއްބަސްވުން އުވާލާފައެވެ.

އެއަށްފަހު ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް އައިލެންޑް އެކްސްޕާޓާ އިން ކުރިނަމަވެސް މުވައްޒަފުން މަދުވުމުން އެ މަސައްކަތް އެ ކުންފުނިން 2020 ވަނަ އަހަރު ވަނީ ހުއްޓާލާފައެވެ. އޭގެ ފަހުން އަނެއްކާވެސް ފްލެޓްތައް ނިންމުނަށް 274.6 މިލިއަން ރުފިޔާއަށް ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަންއާ 240 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ދީފައިވާ މުއްދަތު ފާއިތުވިއިރުވެސް މަސައްކަތް ނިމިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *