ރައްޔިތުންގެ މަޖިލިސް އިދާރާ

2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް 196.2 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މި 2023 ވަނަ އަހަރުގައި މަޖިލިސް ހިންގުމަށް، 182 މިލިޔަން ރުފިޔާގެ ބަޖެޓެއް ކޮމިޓީން ފާސްކޮށްދިންނަމަވެސް 2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައި ވަނީ 187 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، މަޖިލީހުން ހުށަހަޅާފައިވާ ބަޖެޓު ފާސްކޮށްދިނުމަށް ހުށަހެޅުއްވާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އޭނާ ހުށަހެޅުއްވީ، ކޮމިޓީން ބަޖެޓަށް ގެނައި އިސްލާހު ތަކާއި ރެކޮމެންޑޭޝަންތަކާއެކު، 192،110،420 ރުފިޔާ އާއި ނިއުޕޮލިސީ އިނީޝިއޭޝަންގެ 4،226،000 ރުފިޔާއާއެކު ޖުމްލަ 196،237،420 ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިނުމަށެވެ. އަދި އެ ހުށަހެޅުން ވަނީ ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްވެފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މުއައްޒަފުންނަަށް އެލަވަންސް ދިނުމުގެ އުސޫލަށް ގެނައި ބަދަލުވެސް އިލްޔާސް ލަބީބުގެ ހުށަހެޅުއްވުމާއި އެކު މިއަދު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން އަންނަ އަހަރު މަޖިލިސް މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ މުސާރައިގެ ކުރިއެރުންތައް ކޮމިޓީއަށް ހުށަހަޅުއްވަމުން މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ ވިދާޅުވީ، ޕާލަމެންޓް އެލަވަންސްގެ ގޮތުގައި މުވައްޒަފުންނަށް ހާޒިރުވާ ކޮންމެ ދުވަހަކަށް މިހާރު ދެމުން އަންނަ 200 ރުފިޔާ އަކީ ހާޒިރީ އެލަވަންސް ކަމަށެވެ.

ނަމަވެސް އެ 200 ރުފިޔާގެ އެލަވަންސް ހާޒިރީ އެލަވަންސަށް ރަސްމީކޮށް ބަދަލުކުރުމަށްފަހު، ޕާލަމެންޓް އެލަވަންސްގެ ގޮތުގައި ކޮންމެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ 20 ޕަސެންޓް އިތުރު ކުރުމަށް އަމީން އާންމު ވަނީ ހުށަހަޅުއްވާފައެވެ.

މަޖިލިސް މުވައްޒަފުންނަށް މިހާރު ދެމުން އަންނަ އެލަވަންސްތަކުގެ ތެރެއިން، މާސްޓާސް ޑީގްރީ އޮންނަ މުވައްޒަފުންނަށް ދޭ 1500 ރުފިޔާގެ އެލަވަންސް 2000 ރުފިޔާއަށް ބޮޑުކޮށް ޑިގްރީ އޮންނަ މުވައްޒަފުންނަށް ދޭ 1000 ރުފިޔާގެ އެލަވަންސް 1500 ރުފިޔާއަށް ބޮޑުކޮށް ޑިޕްލޮމާއަށް ލިބޭ 700 ރުފިޔާގެ އެލަވަންސް 1000 ރުފިޔާއަށް ބޮޑުކޮށް، ޓެކްނިކަލް ސެޓްފިކެޓް އޮންނަ މުވައްޒަފުންނަށް ދޭ 500 ރުފިޔާގެ އެލަވަންސް 700 ރުފިޔާއަށް ބޮޑުކުރަންވެސް އަމީން އާންމު ވަނީ ހުށަހަޅުއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *