ުފުވައްމުލައް ހޮސްޕިޓަލް

ފުވައްމުލަކު ހޮސްޕިޓަލުގައި ތއްބެވި ބިދޭސީ ޑޮކްޓަރުންތަކެއްގެ ބަދަލުގައި މަސައްކަތް ކުރާނެ ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އިއުލާންކޮށްފިއެވެ.

އެރަށު ހޮސްޕިޓަލުން ޑޮކްޓަރުން ހޯދަން އިއުލާންކުރި ދާއިރާތަކުގެ ތެރޭގައި އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، މެޑިސިން، އެނެސްތީސިއޮލިޖީ، ޕީޑިއެޓްރިކްސް، ސާޖަރީ، ރޭޑިއޮލޮޖީ، އޮޕްތަލްމޮލޮޖީ އަދި އޯތޮޕީޑިކްސް ހިމެނެއެވެ.

ފުމައްމުލަކު ހޮސްޕިޓަލުން ބުނި ގޮތުގައި މި މަގާމުތަކަށް ޝައުގުވެރިވާ މީހުންނަށް މި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާނެއެވެ. އިންޓަވިއު އަށް ޝޯޓްލިސްޓް ކުރާނީ ކުރިމަތިލާ މީހުންގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލަ އެންމެ މަތިން މާކްސް ލިބޭ މީހުންނަށެވެ..

ފުވައްމުލަކު ހޮސްޕިޓަލަށް ހޯދާ ސްޕެޝަލިސްޓް ޑޮކްޓަރުންގެ މުސާރަތައް އުޅެނީ 26،231- 40،229ރ. އާ ދެމެދުކަމަށްވާއިރު، މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ހޮސްޕިޓަލްގެ ނަމްބަރު 6861860 އާއި މެއިލް [email protected] މެދުވެރިކޮޑް ހޯދޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *