އުރީދޫ މޯލްޑިވްސްއިން ބޭއްވި ފޯރިގަދަ ގޭމިން ފެސްޓިވަލްގެ ނިންމާލައި ޕަބްޖީ ޗެމްޕިއަނަށް 50،000 ރުފިޔާ  ހަދިޔާކޮށްފިއެވެ.

"ނޭޝަން ގޭމާސް ލޭންޑް - ދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް"ގެ ނަމުގައި ބޭއްވި މި ފެސްޓިވަލް ނިންމާލާފައިވަނީ ހޯމަ ދުވަހެވެ.

މި ފެސްޓިވަލަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިން ފެސްޓިވަލެވެ. މި ފެސްޓިވަލް ބާއްވާފައިވަނީ ހުޅުމާލޭގައި ހުންނަ އުރީދޫގެ މައި އިމާރާތުގެ ބޭރުގައި ހަދާފައިވާ ޓެންޓެއްގައެވެ.

އެ ފެސްޓިވަލްގައި 350 އަށްވުރެ ގިނަ ގޭމަރުންނާއި އީސްޕޯޓްސްއަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވި އިރު، ފެސްޓިވަލަށް 1000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި ކަމަށް އުރީދޫން ބުނެއެވެ.

ވަނަތަކަށް ހޮވުމަށް ޓެންޓުގައި ބޭއްވި ހަފުލާގައި ޖުމުލަ 185،000 ރުފިޔާގެ ފައިސާ އިނާމު ދީފައިވާއިރު، ހަފުލާ ފެށިގެން ދިޔައީ ކޮސްޓިއުމްއާއި ކެރެކްޓާ ދައްކާލުމުގެ ކޮސްޕްލޭ ޝޯ އަކުންނެވެ. "ފްރައި ބޯއީ"ގެ ކެރެކްޓާގެ ގޮތުގައި ބައިވެރިވި އަހުމަދު ވިޝާމަށް މި މުބާރާތުގައި އޭނާއަށް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް ހަސަން ނިޔާޒު ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައިވެސް އެ ގޭމިންގ ފެސްޓިވަލް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި 2024 ވަނަ އަހަރު އިތުރު ގޭމިން މުބާރާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން އިންޓަ ސްކޫލް އީ-ގޭމިންގ މުބާރާތަކާއި ކޮލެޖް/ ޔުނިވާސިޓީ އީ-ގޭމިންގް މުބާރާތަކާއި އިންޓަ އޮފީސް އަދި ސަރުކާރު އޮފީސްތަކުގެ އީ-ގޭމިންގ މުބާރާތްތައް ހިމެނޭނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އުރީދޫގެ ފަރާތުން މަސައްކަތް ކުރަނީ އީ-ގޭމިންއަކީ ވަރަށް ކުރިއަރާދާނެ ސެގްމަންޓަކަށް ހެދުމަށްކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި ރާއްޖެއާއި ބޭރުގެ ގައުމުތަކުގައި ގޯލްޑް މެޑަލް ލިބިގެންދާވަރުގެ ވަރުގަދަ ކުޅުންތެރިން ފެނިގެންދާނެ ކަމަށް އުންމީދު ކުރާކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *