ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އިޒްރޭލް އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓުވުމަށް އދގެ އިމަޖެންސީ ސްޕެޝަލް ސެޝަނެއް ބާއްވަން ދިވެހިރާއްޖެއިން އެދިއްޖެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީއިޒްރޭލް އަސްކަރިއްޔާއިން ފަލަސްތީނުގެ ކުށެއްނެތް އާންމުންނަށް، ހާއްސަކޮށްގެން ކުޑަކުދިންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްގެ އިރުޝާދުގެ ދަށުން، އެހެން ޤައުމުތަކާއެކު، "ޔުނިޓިންގ ފޯ ޕީސް" ގަރާރާއި އެއްގޮތަށް އދ ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ހާއްސަ ބައްދަލުވުމެއް އަލުން ފެށުމަށް، އާންމު މަޖިލީހުގެ ރައީސަށް ދަންނަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އދ. ގެ 10 ވަނަ އިމަޖެންސީ ސްޕެޝަލް ސެޝަނުގެ ބައްދަލުވުމެއް ފަލަސްތީނުގެ ހައްގުގައި ބާއްވާފައިވަނީ 2018 ވަނަ އަހަރުއެވެ. މި ހިނގާ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދަނީ ޣައްޒާއަށް ވައިގެ މަގުން ބޮން އަޅަމުންނެވެ. އިޒްރޭލުން ދަނީ ޣައްޒާ އާި ހުޅަންގު އައްސޭރިއަށް ބޮން އަޅާ ފަލަސްތީނުގެ ކުށެއްނެތް އާންމުންގެ ގެދޮރާއި މިސްކިތްތަކާއި ހޮސްޕިޓާތަކަށްވެސް ބިމާ ހަމަކުރަމުންނެވެ.

މި ހަމަލާތަކުގައި މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *