ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ޙަމަލާގެ މުޅި ރިޕޯޓު އާންމު ނުކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ.

241 ކޮމިޓީން މިގޮތަށް ނިންމާފައިވަނީ، މެއި 6ގެ ޙަމަލާގެ މައްސަލަ ބެލުމަށްފަހު އެކޮމިޓީން އެކުލަވައިލި ރިޕޯޓް އެއްކޮށް ހޯދުމަށް އާންމުންގެ މީހަކު އެކޮމިޓީއަށް ހުށަހެޅުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން މަޝްވަރާކުރުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުންވެސް ވަނީ ސިއްރުކޮށްފައެވެ. މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމަށްފަހު ކޮމިޓީ މެންބަރަކު ވިދާޅުވީ، އެ ރިޕޯޓުގައި ސިއްރު ކުރަންޖެހޭ ބައިތަކެއް ހިމެނޭ ކަމަށާއި އެއީ ކޮމިޓީން ފާސްކޮށްގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މުއައްސަސާތަކުގެ މަސައްކަތް އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމާއި މަޖިލީހުގެ ބައެއް ލަފަޔާއި އިރުޝާދު، ޖުމުލަ 271 ސަފްހާގެ މައްޗަށް އެކުލެވޭ އިންކުއަރީ ރިޕޯޓްގައި ހިމަނާފައިވެއެވެ.

މި އިންކުއަރީ ރިޕޯޓް ރައީސް ނަޝީދަށާއި، ދަޢުލަތުގެ 3 ބާރުގެ ވެރިންނަށް ވަނީ އަރުވާފައެވެ. އަދި އެރިޕޯޓުގެ ބައެއް ބައިތައް މީގެ ކުރިން އެ ކޮމިޓީން ވަނީ އާންމު ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ޖުމްލަ އަށް މީހަކަށް ވަނީ ދައުވާ އުފުލާފައެވެ.

އޭގެ ތެރެއިން އަމަލީ ގޮތުން އެކަމުގައި ބައިވެރި ހަތް މީހުންގެ ޝަރީއަތް ހިންގަނީ އެކުއެކީގަ އެވެ. ބޮން ގޮއްވާލި އަދުހަމް ކުށަށް އިއުތިރާފް ވެފައިވާތީ އޭނާ ވަނީ 23 އަހަރަށް ޖަލަށްލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *