އޭސީސީގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް

ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގާ ތަހްގީގުތަކަށް އެކަމުގެ ސަބަބުން ހުރަސް އެޅޭނެ އަމަލުތަކެއް ކަމަށާއި، އެއީ ކުށެއް ކަމަށް އޭސީސީ އިން ބުނެފިއެވެ.

އެކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ބައެއް އިދާރާތަކާއި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔެކިއުން ނައްތާލަމުންދާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅުންދާ ކަމަށާއި، އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ލިޔެކިއުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ ރާއްޖޭގެ ޤާނޫނުތަކުން ކުށްކަމުގައި ކަނޑައަޅާފައިވާ މައަލުތަކެއްކަމުގައިވާތީ އެކަންކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށްވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިފަދަ އަމަލުތައް ހުއްޓުވައިދިނުމަށް އެދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި އެދިފައިވާ ކަަމށްެވެސް އޭސީސީން ބުނެއެވެ.

އޭސީސީ އިން މިފަދަ ބަޔާނެއް ނެރެފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެ ކިއުންތަކެއް ކޮންކްރިޓް ގަށާ މެޝިނެއްގައި ނައްތާލަމުންދާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވުމާއި ގުޅިގެން އެކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބުމުންނެވެ.

ނައްތާލީ ގިނަ ދުވަސްތަކެއްވީ ލިޔުންތަކެއް: އެފްއެސްއެމް

އެފްއެސްއެމް އިން ބުނީ އެ ކުންފުނިން ނައްތާލީ ބޭނުން ނުހިފޭ ލިޔެކިއުންތަކެއް ކަމަށެވެ. އޭސީސީ އިން މިއަދދު ނެރުނު ބަޔާނުގައި ވަނީ އެފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އެފަދަ ކަމެއް ކުރުމަށް ވަކި ފަރާތަކުން އަންގާ ހާލަތެއްގައި އެފަދަ އަމަލުތަކުން ދުރުހެލިވެ ނަޒާހަތްތެރިކަން އިސްކުރުމަށް ހަނދުމަކޮށްދޭ ކަމަށާއި، އެފަދަ ކަމެއް ހިންގާ ކަމުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބޭ ނަމަ އެކަމުގެ ތަފްސީލީ މައުލޫމާތު އޭސީސީއަށް ހުށަހެޅުމަށްވެސް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *