ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ނައްތާލި ލިޔެކިޔުންތަކަކީ ގިނަ ދުވަސްތަކެއްވެ ހަލާކުވެފައި ހުރި ތަކެތިކަމަށް އެކުންފުނިން ބުނެފި އެވެ.

އެފްއެސްއެމް އިން މިހެން ބުނެފައި މިވަނީ އެކުންފުނީގެ ލިޔުންތަކެއް ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރި އެ ކުންފުނީގެ މުވައްޒަފަކު އިއްޔެގެ ވަގުތެއްގައި ސަސްޕެންޑް ކުރުމުން ފާޑުކިޔުން ބޮޑުވެފައި ވަނިކޮށެެވެ.

އެފްއެސްއެމް އިން މިއަދު މީޑިއާ އާއި ހިއްސާކުރި ކުރު މެސެޖެއްގައި ބުނީ މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ މިހާރު އެއްވެސް ގޮތަކަށް ބޭނުން ހިފޭ ލިޔެކިޔުންތަކެއް ނޫން ކަމަށާ އެ ލިޔުންތަކަކީ ގިނައަހަރުތަކެއް ވަންދެން ގުދަން ކުރެވިފައިހުރި ލިޔުންތަކެއް ކަމަށެވެ.

އެހެންކަމުން ކުންފުނީގެ މުހިއްމު ލިޔުންތަކެއް ނައްތާލި ކަމަށް ބުނާ ވާހަކަ އެ ކުންފުނިން ދޮގުކުރެ އެވެ.

އެފްއެސްއެމް އިން ބުނީ، އެމަންޒަރު ޢާއްމުކުރި މުވައްޒަފު މަސައްކަތް ކޮށްފައިވަނީ ކަމުގެ ޙަޤީޤަތް އޮޅުވާލައި، ކުންފުންޏާމެދު ޢާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކަމަށް ކުންފުނީގެ މެނޭޖްމަންޓުން ދެކޭ ކަމަށެވެ.

މި މައްސަލައިގަ ވީޑިއޯ އާންމުކުރި މުވައްޒަފު މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *