ރާއްޖެ އައި ޗައިނާ ފަތުރުވެރިން ތަކެއް

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުން މިއަހަރުގެ މިހާތަނަށް ދައުލަތަށް 1.57 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އޭޑީއެފް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ. އަދި ޑިޕާޗާ ޓެކުހަކީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނެގޭ ޓެކުހެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މިހާތަނަށް 763.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 786.2 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު ޢާމްދަނީއަށްވުރެ 310 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *