ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ރާއްޖޭގެ އެއާޕޯޓްތަކުގައި ހުރި ޕްރެޝާ ޕެޑް ސިސްޓަމްތައް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

މި ސިސްޓަމްތައް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލާފައި މިވަނީ ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި މިދިޔަ ހަފުތާގައި ޕްރެޝާ ޕެޑެއް ގޮވައި ބަޔަކަށް އަނިޔާވި ހާދިސާއާ ގުޅިގެންނެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ސަަބަބު ތަހުޤީޤްކުރަމުންދާ ކަމަށާއެ މައްސަލަ އެ ކުންފުންޏާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން ތަހުގީގު ކުރަމުންދާކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވި އެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް ފަރުވާ ދިނުމަށް މާލެ ގެނެސް އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިއުމަށް އާއިލާއިން ދަނީ ތައްޔާރުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *