ނައިބް ރައީސް ފައިސަލް ނަސީމް

ދިވެހިރާއްޖޭގެ އަޑުގެ ނަން ކުރީގެ އިންފޮމޭޝަން މިނިސްޓަރު އަދި އަޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސަމަރުބުލޫ އިބްރާހިމް މަނިކަށް ހާއްސަވާންޖެހޭ ކަމަށް ނަިއބު ރައީސް ފައިސަލް ވިދާޅުވެއްޖެއެވެ.

އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ބޭއްވި ތަޢުބީނުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ ރާއްޖޭގެ ރޭޑިއޯ ބްރޯޑްކާސްޓިންގެ ޚިދުމަތުގެ ބާނީއަކީ އަލް މަރްހޫމު އިބްރާހިމް މަނިކު ކަމަށް އެ މަނިކުފާނަށް ގަބޫލުފުޅުކުރެއްވޭ ކަމަށެވެ.

ފައިސަލް ވިދާޅުވީ ސަމަރު ބްލޫ އިބްރާހީމަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެއް ބޭފުޅާކަމަށެވެ. މީގެ އެތައް އަހަރެއްކުރިން ދިވެހި ޤައުމު މިއަދު މިދެކޭ އެތައް ޚިދުމަތެއް ފެށްޓެވުމުގެ މޭސްތިރިއެއްގެ ގޮތުގައި ނައިބު ރައީސް ވަނީ އެމަނިކުފާނު ސިފަކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް އިންޤިލާބީ އެތައް ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އެދާއިރާއިން މީހުން ބިނާކުރުމަށް ދެއްވި އަޙައްމިއްޔަތުކަން މިއަދު ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއިން ފެންނަމުންދާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ޚިދުމަތްތައް މިއަދު ފާހަގަކުރަމުންދާ މިންވަރަށްވުރެ ބޮޑަށް މިދާއިރާއިން ފެންނަން ހުންނަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގެ ރޭޑިއޯ، ދިވެހިރާއްޖޭގެ އަޑުގެ ބާނީއަކީ އަލްމަރުހޫމް ސަމަރުބުލޫ އިބްރާހީމް މަނިކު. އެ ތަނުގެ އެ މަރުކަޒުގެ ނަންވެސް ކޮންމެވެސް އެއް ސިފައެއްގައި ނިސްބަތް ވާންޖެހޭނީ އަލްމަރުހޫމް ސަމަރުބުލޫ އިބްރާހީމް މަނިކުގެ ނަންފުޅު އަންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،"

ނައިބު ރައީސް ވިދާޅުވީ ގައުުމަށް ޚިދުމަތް ކުރައްވައި އެކި ރޮނގު ރޮނގުން މަސައްކަތް ކޮށްދެއްވި ޚިދުމަތްތެރިންގެ އަގުވަޒަންކުރަން ޖެހޭ ކަމަށެވެ. އެއްވެސް ނިއުމަތެއް ބީވެ ނުދަނީސް، އެ ނިއުމަތެއްގެ އަގު ވަޒަންކުރުމަކީ އިންސާނުންނަށްވީތީ ޠަބީއަތުގައި ވެސް މަދުން ނޫނީ ނުކުރެވޭ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *