އިޒްރޭލަށް ތާއީދުކުރައްވާ ޝަހީދު ވާހަކަފުޅު ދެއްކެވި ވީޑިއޯގެ ސްކްރީން ޝޮޓެއް

ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އދ ގެ 'ސްޕެޝަލް ރެޕެޓުއަރ އޮން ފްރީޑަމް އޮފް ރިލިޖަން އޯ ބިލީފް' ޑރ. އަހުމަދު ޝަހީދު އިޒްރޭލަށް ތާއީދުކުރައްވާ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

ޝަހީދު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް އަކީ "ޓެރަރިސްޓުން" ކަމަށާއި، އިޒްރޭލުގެ ހާހަކަށް ވުރެ ގިނަ މީހުން މަރުވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ރަހީނުކޮށްފައިވާ އިޒްރޭލް މީހުންގެ ސަލާމަތަށް އެދި ދުއާ ކުރާ ކަމަށް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ޝަހީދުގެ އެ މެސެޖުގައި ފަލަސްތީނުގެ މުސްލިމުން މަރަމުންދާއިރު އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާފައެއް ނުވެއެވެ.

ދީނީ މިނިވަންކަމަށް ވަކާލާތު ކުރައްވާ އދ ގެ ހާއްސަ މުޝީރުކަން ކުރައްވާ ޝަހީދު ވިދާޅުވީ ޔަހޫދީންނާއި ދެކޮޅު ނަސްލީ ތަފާތުކުރުންތަކާއި އޭނާ ދެކޮޅު ކަމަށާއި، އޭނާ ހުންނެވީ އިޒްރޭލުގެ ރައްޔިތުންނާއި އެއްކޮޅަށް ކަމަށެވެ. އަދި އިޒްރޭލަށް ތާއީދުކުރައްވާ ޝަހީދު ވަނީ ހަމާސްއިން ހިފަހައޓާފައިވާ އިޒްރޭލުގެ ރަހީނުން އެއްވެސް ޝަރުތަކާއި ނުލާ ދޫކޮށްލުމަށްވެސް ގޮވާލައްވާފައެވެ.

ދިވެހިރާއްޖެއަށް ނިސްބަސްވާ އަދި ކުރިން ދިވެހި ސަރުކާރުގައި ޒިންމާދާރު މަގާމުތައް ފުރުއްވި އެފަދަ ބޭފުޅަކު އިޒްރޭލާ އެއްކޮޅަށް އެރުއްވުމުން ދިވެހިން އަންނަނީ އޭނާއަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ފާޑުކިއުންތައް އަމާޒުވުމާއި އެކު ޝަހީދު ވަނީގެ އެ ވީޑިއޯ މެސެޖް ވަނީ ޑިލީޓް ކޮށްލައްވާފައެވެ. އެހެންނަމަވެސް އެކި މީހުން އަންނަނީ އެ މެސެޖު ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ.

އިޒްރޭލް ސިފައިން ޣައްޒާ ސިޓީއަށް ދެމުންދާ ވައިގެ ހަމަލާތަކުގައި ބޮން އަޅާ އާންމުންގެ ގެދޮރާއި ސުކޫލުތަކާއި މިސްކިތްތައް އަދި ހޮސްޕިޓަލްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއްދީ ސުންނާފަތިކޮށްލާފައެވެ.

ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން މަރުވެފައިވާ މީހުންގެ ތެރޭގައި ތުއްތު ކުޑަކުދިންނާއި، މުސްކުޅިންނާއި އަންހެނުން އަދި ގިނަ އަދަދެއްގެ ޒުވާނުންވެސް ހިމެނެއެވެ. 7 އޮކްޓޫބަރުން ފެށިގެން ޣައްޒާ އަސް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ ހަތަރު ހާހަށްވުރެ މައްޗަށް އަރާފައެވެ.

ފަލަސްތީނުގެ ބިންތައް ފޭރިގަނެ މުސްލިމުންގެ ގެދޮރު ސުންނާފަތިކޮށް ފަލަސްތީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި އަމިއްލަ ބިމުގައި އުޅުމަށް މަޖުބޫރުކުރި އިޒްރޭލުގެ ޔަހޫދީން ދަނީ މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމުގައިވާ އަލް ގުދުސް މިސްތިކުގައި މުސްލިމުން ނަމާދުކުރިޔަ ނުދިނުމަށްވެސް އެތައް ހުރަސްތަކެއް އަޅާފައެވެ.

2
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *