ފުރާ ބަޔަކު އެއަރޕޯޓުގައި -- ފޮޓޯ: އަވަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތެރޭގައި އެހެން މީހުންނަށް އުނދަގޫކޮށް ބޭއަދަބީ އަމަލުތައް ހިންގަމުން ދަނިކޮށް ހައްޔަރުކުރި ޗައިނާ އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި މި މީހާ އަކީ ވިސާ މައްސަލަ ޖެހިގެން އެއާޕޯޓް ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެމުން ދިޔަ މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުން ބުނީ މި އަންހެން މީހާ ދިޔައީ އެހެން މީހުނަށް އުނދަގޫވާ ގޮތަށް އަޑުގަދަ ކުރަމުން ކަމަށާއި އަދި އެއާޕޯޓްގެ ތަންތަނަށް ކުޅު ޖެހުން ފަދަ އަމަލުތައް ކުރަމުން ކަމަށެވެ.

އެ އަންހެން މީހާ ހައްޔަރު ކުރި ދުވަހު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *