ފޮޓޯ: މިހާރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިދާރާއަށް ކޯޓް އަމުރެއްގެ ދަށުން ފުލުހުން މިއަދު ވަދެއްޖެއެވެ.

ފުލުހުން ބުނީ ޕީޖީ އޮފީހުން އަންގައިގެން ފުލުހުން ހިންގަމުންދާ އެފްއޭއެމްގެ މާލީ މުއާމަލާތްތަކަކާއި ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް، ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ޓީމެއް އެފްއޭއެމްގައި މިހާރު ހަރަކާތްތެރިވަމުންދާކަމަށެވެ.

ބައެއް މީޑިއާތަކަށްރިޕޯޓު ކޮށްފައިވާގޮތުގައި ފުލުހުން މިވަގުތު ތަހުގީގު ކުރަމުން އަންނަނީ، އެފްއޭއެމްއަށް ބޭރުން ލިބުނު ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ބެލެވޭ މައްސަލައެކެވެ.

ޕީޖީ އޮފީހުން އާންމުކުރި ބަޔާނެއްގައި ބުނީ ދައުލަތުގެ މުއައްސަސާތައް ހިންގުމަށް ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ ގާނޫނާ ހިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް މަގުފަހިވާ ގޮތަށް ބޭނުންކުރެވޭ ކަމުގެ ތުހުމަތެއް އޮތުމަޖީ ޕްރޮސެކިއުޓާ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަނުގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންނާއި ވައްކަމާއި ހިޔާނާތާއި މަކަރާއި ހީލަތުގެ ނުވަތަ އެނޫންވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިންގަމުންދާ ނަމަ އެ ކަމެއް ތަހުގީގުކޮށްދެއްވައި، އެ މައްސަލައިގައި ދައުވައެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް އަމުރުކޮށްފައިވެއެވެ."

މިހާރު އެފްއޭއެމްގެ ރައީސް ކަމުގައި ހުންނެވީ ބައްސާމް އަދީލް ޖަލީލެވެ. އޭނާ އާއި މެދު ބޮޑެތި ފާޑުކިއުންތަކާއި ތުހުމަތުތައް ކުރެވޭ މި ދަނޑިވަޅުގައި އެފްއޭއެމްގެ ދަރަނި ބޮޑުވެ، ކުލަބުތަކަށް ދޭޏް ޖެހޭ ފައިސާއާއި އެހެނިހެން ކަންކަންވެސް ގަވާއިދުން ނުކުރެ އެފްއޭއެމްގެ ހިންގުން ވަނީ ވަރަށް ބޮޑަށް ބޮއްސުންލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *