ހދ. މަކުނުދޫ

ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ހިނގި ހިތާމަވެރި ޙާދިސާއާއި ގުޅިގެން އިތުރަށް ތަހުގީގުކޮށް ކަންކަން ބެލުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ހަވީރު ހިނގި މި ހާދިސާގައި ދެ ބިދޭސީއަކު ވަނީ ނިޔާވެފައެވެ. ގޮވާފައިވާ ސިލިންޑަރަކީ އެރަށު ބަނދަރުގެ ދެކުނު ފަރާތުގައި ހުންނަ މަސް މާރުކޭޓު ކައިރީގައި އޮތް ސިލިންޑަރެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މަރުވި 2 ބިދޭސީންނަކީ އެރަށު އެއަރޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ބިގްފިޝް މޯލްޑިވްސްގެ ދެ މުވައްޒަފުންކަމަށްވެސް ފުލުުހުން މައުލޫމާތުދެއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން މަކުނުދޫ ރައްޔިތުން ބުނީ ސިލިންޑަރު ގޮވި ވަގުތު ވަރަށް ބާރު އަޑުފައްގަނޑެއް މުޅި ރަށަށް އިވިފައިވާކަމަށާއި ކައިރީގައި ހުރި ސައިކަލުތަކަކަށާއި، ފަޅުގައި އަޅާފައި ހުރި ބައެއް ދޯނިތަކަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *