އެޗްއާރުސީއެމް - ފޮޓޯ: ރައްޖެއެމްވީ

ހިއުމަން ރައިޓްސް ކޮމިޝަން، އެޗް.އާރް.ސީ.އެމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލާފައި މިވަނީ އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ކުރިން ހުޅުވައިލުމުން އެކަށީގެންވާ އަދަދަކަށް އެ މަޤާމަށް ބޭފުޅުން ކުރިމަތިލާފައި ނުވާތީކަމަށެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސް ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲ އިސްތިޢުފާދެއްވުމާއި ގުޅިގެން އެޗް.އާރް.ސީ.އެމްގެ މެންބަރުކަމުގެ މަޤާމު ވަނީ ހުސްވެފައެވެ. އަދި ކޮމިޝަންގެ ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ފުރަތަމަ ހުޅުވާލާފައި ވަނީ މި އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުގައެވެ. އެއަށްފަހު މި ފުރުޞަތު އަލުން ހުޅުވާލައްވާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށްކަމަށްވާއިރު މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އޮކްޓޫބަރު 26 ގެ ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށް އެ އޮފީހުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *