އެމްއޭސީއެލްއިން ހިންގާ ވީއައިއޭ

މިއަހަރު އިތުރު އައު 3 އެއާ ލައިނަކުން ރާއްޖެއަށް ދަތުރު ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފި އެވެ.

އެމްއޭސީއެލުން ބުނީ އަލަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ވާޖިން އެޓްލާންޓިކް، ސައިޕްރަސް އެއާވޭސް އަދި ބިއޯންޑް އެއާލައިނުން ކަމަށެވެ.

އެގޮތުން ވާޖިން އެޓްލާންޓިކްގެ ދަތުރުތައް އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، އެ އެއާލައިންއިން ރާއްޖެއަށް ހަފްތާއަކު 3 ދުވަހު ދަތުރުކުރާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އަދި މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގެ ހީތުރޯ އެއާޕޯޓާއި ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓައި ދެމެދު ކަމަށްވެސް އެމްއޭސީ އެލް އިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ސައިޕްރަސް އިން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުހެ 26 ހުގައިކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އަދި ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން ތައާރަފްކުރާ މަތީ ފެންވަރުގެ ދަތުރުތަކަށް ހާއްސަ އެއާލައިން ކަމަށްވާ ބިއޯންޑުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު ކަމަށްވާއިރު އެ އެއާލައިންގެ ފުރަތަމަ ދަތުރު ކުރާނީ ސައުދީ އަރަބިއްޔާގެ ރިޔާޟަށެވެ.

ރާއްޖެއަށް އަލަށް ދަތުރުތައް ފަށާ ތިން އެއާލައިނާއެކު، މިއަހަރުގެ ފިނި މޫސުމުގެތެރޭގައި ރާއްޖެއަށް ދަތުރުތައް ބާއްވާ އެއަރލައިންތަކުގެ އަދަދު 41 އަށް އަރާނެ ކަމަށް އެމްއޭސީއެލް އިން ލަފާކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *