މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގ -- ފޮޓޯ: ރާއްޖެއެމްވީ

ފާއިތުވި ސެޕްޓެމްބަރު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަަތަށް 360 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައްދައްކާ ގޮތުން ފާއިތުވި ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 3 އިންސައްތަ ވަނީ އިތުރުވެފައެވެ.  އެގޮތުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 350 މިލައަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މި އަހަރުގެ ސެޕްޓެމްބާރ މަހު މިއަދަދު 360 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފާއިތުވި ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީ.އައި.އެފް އަގު 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 3 އިންސައްތަ ވަނީ ދަށްވެފައެވެ. 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދިވެހިރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު މި ޢަދަދުވަނީ 4.3 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.

ސެޕްޓެމްބަރު މަހު ރާއްޖޭން އެކްސްޕޯޓް ކުރި މުދަލުގެ އެފްއޯބީ އަގު ވަނީ 2022 ވަނަ އަހަރުގެ މި މުައްދަތާއި އާޅާބަލާއިރު، 43 އިންސައްތަ ދަށްވެފައެވެ. 21 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭން 149 މިލިއަން ރުފިޔާގެ މުދާ އެކްޕޯޓްކޮށްފައިވާރު، މިއަހަރު މިއަދަދު އުޅެނީ 86 މިލިއަން ރުފިޔާގައެވެ.

ސެޕްޓެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރުންނެވެ. އޮމާން އިން 883 މިލިަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން އެތެރެކޮށްފައިވަނީ 681 މިލިއަން ރުފިޔާގެ މުދަލެވެ. ޔޫއޭއީ އިން 500 މިލިަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު ޗައިނާއިން އެތެރެކޮށްފައިވަނީ 406 މިލިަން ރުފިޔާގެ މުދަލެވެ. އަދި ސިންގަޕޫރުން ވެސް ވަނީ 406 މިލަން ރުފިޔާގެ މުދާ އެތެރެކޮށްފައިކަމަށް ކަސްޓަމްސް ސާވިސް އިން ބުނެއެވެ.

ސެޕްޓެމްބަރު 2022 ގައި ރާއްޖެ އައިސްފައިވަނީ 88 އުޅަނދެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު މި އަދަދު ވަނީ  103 އަށް އިތުރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *