ހުޅުމާލެ ފޭސް 3

ހުޅުމާލެ ފޭސް 3ގެ ސައިޓް އޭ އެއްކޮށް ހިއްކައި ނިންމާލާ، ސައިޓް ބީ ހިއްކުމުގެ މަސައްކަތް ފެށާފައިވާ ކަމަށް އާބާންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ ސައިޓް އޭގައި ހިއްކައިފައިވަނީ 10 ހެކްޓަރުކަމަށެވެ. އަދި ސައިޓް ބީ ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު އެފަރާތުން ރަތްކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައިވާ އުޅަނދުތައް 22 އޮކްޓޯބަރުގެ ކުރިން ނެގުމަށް އާބަންކޯއިން ވަނީ އިއުލާންކޮށްފައެވެ.

ހުޅުމާލެ ފޭސް 3

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބިމުގެ ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ބައެކެވެ.

އާބަންކޯއިން ބުނީ ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި މި މަޝްރޫއަކީ ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫޢުއަކަށް ވާނެ ކަމަށްވެސް އާބަންކޯއިން ދެކެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *