މޯލްޑިވްސް ޕޯސްޓުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ދައުރުކުރަމުންދާތީ އެކަމަށް ސަމާލުވާން އެދިއްޖެއެވެ.

ޕޯސްޓް އޮފީހުން ބުނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޝާއިއުކުރަމުންދާ ބައެއް ޕޯސްޓުތަކުން ފެންނަ ގޮތުން، އެ އޮފީހުގެ ނަމުގައި އެކި ބާވަތުގެ ލިންކުތައް ހިމެނޭ ފޭކު މެސެޖުތައް ކަސްޓަމަރުންނަށް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޕޯސްޓު އޮފީހުން އެއްވެސް ބޭފުޅަކަށް އެފަދަ މެސެޖެއް  ނުފޮނުވާނެ ކަމަށާއި އެފަދައިން ފޮނުވާ ލިންކުތަކަށް ނުވަދެ  ސަމާލުވެ ތިބުމަށް އެ އޮފީހުން އެދުނެވެ.

އެހެންވެ އެފަދަ މެސެޖުތަކަށް އާންމުން ސަމާލުވެ، އެފަދަ މެސެޖެއް ލިބިއްޖެ ނަމަ އެންގުމަށް ޕޯސްޓް އޮފީހުން އެދިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *