އިފުރު އައިލެންޑް މޯލްޑިވްސް ރިސޯޓް

މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 4 ރިސޯޓު ހުޅުވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ, މިއަހަރުގެ މިހާތަނަށް އައު 5 ރިސޯޓެއް ހުޅުވާފައިވާ ކަމަށެވެ. އަލަށް ހުޅުވި ރިސޯޓުތަކުން ފަތުރުވެރިކަމަށް އިތުރު 1228 އެނދު ނެރެފައިވާކަމަށެވެ. އެގޮތުން އައު ރިސޯޓުތައް ހުޅުވާފައިވަނީ ވ. ބ. ރ. އދ. އަދި ކ. އަތޮޅުގައެވެ.

އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ރިސޯޓުތައް

  1. ބ. ބޮޑުފިނޮޅުގައި ތަރައްޤީކުރަމުންދާ 310 އެނދުގެ ރިސޯޓް
  2. ޅ. މާބިންހުރާގައި ތަރައްޤީކުރަމުންދާ 408 އެނދުގެ ރިސޯޓް
  3. ޅ. ދެރުފިނޮޅުގައި ތަރައްޤީކުރަމުންދާ 172 އެނދުގެ ރިސޯޓް
  4. މާލެ އަތޮޅު އެނބޫދޫ ފަޅުގައި ތަރައްޤީކުރާ 174 އެނދުގެ ރިސޯޓް

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 172 ރިސޯޓެއް އަންނަނީ އޮޕަރޭޓް ކުރަމުންނެވެ. މިއީ 42159 އެނދެވެ. އެއީ ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ނެރެފައިވާ 62348 އެނދުގެ %68 އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *