ފެނަކަ އެމްޑީ ސައީދު

ރާއްޖޭގެ ރަށްރަށުގައި ތެޔޮ ރައްކާކުރަން ބޭނުންކުރާ ޓޭންކުތައް އާކުރަން ބޭނުންވާ ސާމަނު އެތެރެކުރުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެނަކަ ކޯޕަރޭޝަނަށް އަންގައިފިއެވެ.

އޭސީސީން މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ އެ ސާމާނުތައް އެތެރެކުރުމާ ގުޅޭގޮތުން އެ ކޮމިޝަނުން މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. މިކަމާއި ބެހޭ ގޮތުން އޭސީސީން އިތުރު ތަފްސީލެއް އަދި ދީފައެއް ނުވެއެވެ.

ފެނަކަ ކޯޕަރޭޝަނުން ރޭ ވަނީ، ބައެއް ރަށްރަށުގައި ތެޔޮ ރައްކާ ކުރާ ޓޭންކުތައް އާކުރުމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތްތައް އޭސީސީން އަންގާފައިވާ ގޮތަށް ހުއްޓާލައިފައިވަ ކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *