ނަލަންދޫގައ ރިސޯޓު ހެދުމަށް އަނެއްކާވެސް ބީލަމަށް ހުޅުވާލައިފިއެވެ.

ނަލަންދޫއަކީ 63.99 ހެކްޓަރުގެ ބޮޑު ރަށެކެވެ. އެ ރަށުގައި ހަދަން ނިންމާފައިވަނީ 200 އެނދުގެ ރިސޯޓެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ނަލަންދޫގައި ރިސޯޓު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހު ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އަންނަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ މިނިސްޓްރީން ބުނީ ބިޑް ސެކިއުރެޓީގެ ގޮތުގައި ދިހަ މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ބީލަން ހުށަހެޅުމާ ގުޅޭގޮތުގެ މައުލޫމާތު ފޮތެއް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި މިނިސްޓްރީގެ ރިސެޕްޝަނުން ވެސް އެ ފޮތް ލިބެން ހުންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ރިސޯޓު ހެދުމަށް ނަލަންދޫ ކުއްޔަށް ދޫކުރާނީ 50 އަހަރުގެ މުއްދަތަކަށް ކަމަށާއި ކޮންސްޓްރަކްޝަން މުއްދަތުގެ ގޮތުގައި 36 މަސް ދުވަސް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *